އީޕީއޭ ގެ ޓީމަކާއި ފުވައްމުލައް ސިޓީ ކައުންސިލުން ބައްދަލުކުރައްވައިފި

13 ފެބުރުއަރީ 2020

އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީގެ ޓީމަކާއި ފުވައްމުލައް ސިޓީ ކައުންސިލުން މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގެ މަޤްސަދަކީ ފުވައްމުލަކުގައި މިހާރު ފެށުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކާއި ބެހޭގޮތުން މަޝްވަރާކޮށް، އެކަންތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ އަސަރާއި ބެހޭގޮތުން ހިޔާލު ބަދަލުކުރުމެވެ. އަދި މިޓީމުން ފުވައްމުލައް ސިޓީގެ ރައްޔިތުން މިފަދަ މަޝްރޫއުތަކާއި ގުޅޭގޮތުން ހޭލުންތެރިވެފައިވާ މިންވަރު ބެލުމަށްޓަކައި ސަރވޭއެއް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ފުވައްމުލަކުގައި މިހާރު ފެށުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ތެރޭގައި މަގުގައި ތާރު އެޅުމާއި މަގުގައި ފެން ހިންދާ ނިޒާމެއް ޤާއިމްކުރުން ހިމެނެއެވެ. 

ޙަބަރު

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv