ޤުރުއާނާއި ބެހޭ މަރުކަޒުގެ އާ އިމާރާތް އެޅުމަށް ބިން ހަވާލުކޮށްފި

17 ފެބުރުއަރީ 2020

ފުވައްމުލައް ސިޓީގެ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ އާ އިމާރާތް އެޅުމަށްޓަކައި ކޮންޓްރެކްޓަރާއި ބިން ހަވާލުކޮށްފިއެވެ.

7.2 މިލިއަން ރުފިޔާ ޚަރަދުކުރާ މި އިމާރާތް ނިންމުމަށް ހަވާލުކޮށްފައިވަނީ މާރިޝް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާއެވެ. 300 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި އިމާރާތް އެއްކޮށް ނިމޭއިރު މިހާރު ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެގެން ދާނެއެވެ. އަދި މަރުކަޒުން ލިބޭ ޚިދުމަތްތައް އިތުރަށް ފުރިހަމަ ވެގެންދާނެއެވެ.

ކީރިތި ޤުރުއާނާއި ބެހޭ އާ އިމާރާތުގައި 4 ކްލާސްރޫމް، އިދާރީ އޮފީސް، ނަމާދު ކުރާ ޖާގަ، އިސްލާމިކް ލައިބްރަރީ އަދި 300 މީހުންގެ ޖާގައިގެ ހޯލެއް ހިމެނޭނެއެވެ. މި އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ކުރީގެ ފައުންޑޭޝަން ސްކޫލް ހުރި ބިމުގައެވެ.

ޤުރުއާނާއި ބެހޭ މަރުކަޒުގެ އާ އިމާރާތް އެޅުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 6 ފެބްރުއަރީ 2020 ގައެވެ. 

ޙަބަރު

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv