ފުވައްމުލައް ސިޓީގައި މާދަރީ ބަހުގެ ދުވަސް ފާހަނގަކޮށްފި

24 ފެބުރުއަރީ 2020

ފުވައްމުލައް ސިޓީގައި ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަސް ފާހަނގަކޮށްފިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލް އަދި ސިޓީގެ ހުރިހާ ސްކޫލްތައް ގުޅިގެން މިދުވަސް ފާހަނގަކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައެވެ.

މާދަރީބަހުގެ ދުވަސް ފާހަނގަ ކުރުމުގެ ގޮތުން ބޭއްވުނު ޖަލްސާގައި ސްކޫލް ދަރިވަރުންގެ ތަފާތު ހުށަހެޅުންތައް ވަނީ ފެނިފައެވެ. މިގޮތުން، ޑްރާމާ، ރައިވަރު، ޅެން އަދި ބަނދި ހިމެނެއެވެ. ދަރިވަރުންގެ ސްޓޭޖު ހަރަކާތްތަކުގައި މައިގަނޑު އިސްކަމެއްދީފައިވަނީ ފުވައްމުލަކުގެ ބަހަށާއި ޒަމާނނަށް އަންނަ ބަދަލުތަކާއިއެކު ދިވެހި ބަހަށް އައިސްފައިވާ ބަދަލުތަކަށެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. 

ޙަބަރު

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv