ކޯވިޑް-19 އިން ރައްކާތެރިވުމަށް ފުވައްމުލައް ސިޓީގައި އަޅާފައިވާ ފިޔަވަޅުތައް

15 މާޗް 2020

ދުނިޔޭގައި މިހާރު ހަލުވިކޮށް ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް (ކޯވިޑް-19) މިހާރު ރާއްޖެއިން ފެނިފައިވުމާއެކު ފުވައްމުލައް ސިޓީ ކައުންސިލުންވެސް މިވަނީ ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތަކެއް އަޅާފައެވެ.

މިގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި:
- ފުވައްމުލައް ސިޓީގެ ބަނދަރަށް ޓޫރިސްޓުންނާއެކު އަންނަ ސަފާރީ ފަދަ އުޅަނދުތައް ވަނުން ވަގުތީ ގޮތުން މަނާކުރުން
- ފުވައްމުލައް ސިޓީގެ ހުރިހާ މިސްކިތްތަކުގައި އަޅާފައިވާ ކާޕެޓުތައް ނެގުން
- ފުވައްމުލައް ހޮސްޕިޓަލް އަދި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން މި ސިޓީގެ ރައްޔިތުން ހޭލުންތެރިކުރުމަށްޓަކައި ދޮރުން ދޮރަށް ހިނގައި ކޯވިޑް-19 އާއި ބެހޭ މައުލޫމާތާއި ލީފްލެޓު މީހުން ދިރިއުޅޭ ހުރިހާ ގެއަކަށް ދިނުން ( ޖުމްލަ 1573 ގޭބީސީ އަދި 4046 މީހުންނަށް ވަނީ މައުލޫމާތު ދެވިފައި)
- މި ސިޓީގެ ގެސްޓް ހައުސްތަކަށް ޒިޔާރަތްކޮށް ބައްޔާއި ބެހޭ މައުލޫމާތު އަދި ބަލިން ރައްކާތެރިވާނެ ގޮތްތަކާއި ބެހޭގޮތުން މައުލޫމާތު ދިނުން
- މީހުން އެއްވެ އުޅޭ ޕަރކް، މައިޒާން ފަދަ ތަންތަން ވަގުތީގޮތުން ބަންދުކުރުން
- ކުޅިވަރު ކުޅޭ ދަނޑުތައް ވަގުތީގޮތުން ބަންދުކުރުން
- ކޮމިއުނިޓީ ސެންޓަރގެ ޖިމްގެ ހިދުމަތް ވަގުތީގޮތުން ބަންދުކުރުން
- އެއާޕޯޓަށް ފުރަންދާ މީހުން/ ރަށަށް އަންނަ މީހުން/ ހިދުމަތް ހޯދދުމަށް އަންނަ ފަރާތްތައް ފިޔަވައި އިތުރު މީހުން އެއާޕޯޓަށް ވަދެނިކުތުން މިއަދުން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލުން
- މިސްކިތްތައް ކޮންމެ ދުވަހަކު ޑިސްއިންފެކްޓްކުރުން
- އޮފީސް، މިސްކިތް އަދި ގެތަށް ޑިސްއިންފެކްޓް ކުރުމާއި ގުޅޭގޮތުން ހާއްސަ ތަމްރީނުތަކެއް ދިނުން
- އަޑުގަދަކުރާ ބޭނުންކޮށްގެން ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި މައުލޫމާތު ފޯރުކޮށްދިނުން

މީގެ އިތުރުން މިސިޓީގެ ސްކޫލް، ކޮލެޖް، ޔުނިވަރސިޓީތައް އަދި ގުރުއާން ކިޔަވައިދޭ ކްލާސްތައް ވަނީ ވަގުތީ ގޮތުން ބަންދުކުރެވިފައެވެ.

ޙަބަރު

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv