ކޮންމެ ނަމާދެއްގެ ބައިގަޑިއިރު ކުރިން މިސްކިތްތައް ޑިސްއިންފެކްޓް ކުރަނީ

16 މާޗް 2020

ފުވައްމުލައް ސިޓީގެ ހުރިހާ މިސްކިތްތަކެއްވެސް ކޮންމެ ނަމާދަކަށް ބަންގި ގޮވުމުގެ ބައިގަޑިއިރު ކުރިން ޑިސްއިންފެކްޓްކުރަން ފަށައިފިއެވެ.

މިގޮތަށް މި މަސައްކަތް ފަށާފައިމިވަނީ، ދުނިޔޭގައި މިހާރު ހަލުވި ކަމާއިއެކު ފެތުރެމުން އަންނަ ކޮވިޑް-19 ރާއްޖެއިންވެސް ފެނިފައިވުމާއެކު ބަލިން ރައްކާތެރިވެތިބުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ. މިސްކިތްތައް ސާފުކޮށް ރަނގަޅަށް ޑިސްއިންފެކްޓް ކުރުމާއި ގުޅޭގޮތުން އިއްޔެ ވަނީ މިސްކިތު މަސައްކަތތު މީހުންނާއިއެކު ހާއްސަ ތަމްރީނު ސެޝަނެއް ވަނީ ބާއްވާފައެވެ. މި ސެޝަންގައި މިސްކިތްތަށް ޑިސްއިންފެކްޓް ކުރުމަށް ބޭނުންވާނެ ވަސީލަތްތައްވެސް ވަނީ ފޯރުކޮށްދީފައެވެ.

ފުވައްމުލައް ސިޓީގެ ހުރިހާ މިސްކިތްތަކެއްގައިވެސް (28 މިސްކިތް) އަންނީ މިގޮތަށް މިކަން ކުރަމުންނެވެ.  

ޙަބަރު

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv