ކޯވިޑް-19 އާއި ގުޅޭގޮތުން ފުވައްމުލައް ސިޓީ ކައުންސިލުން ވެމްކޯ އަދި ޕަބްލިކް ހެލްތާއި ބައްދަލުކޮށްފި

16 މާޗް 2020

ދުނިޔޭގައި މިހާރު ހަލުވި ކަމާއިއެކު ފެތުރެމުން އަންނަ ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށްޓަކައި ފުވައްމުލައް ސިޓީ ކައުންސިލުން މިއަދު ވެމްކޯ އަދި ޕަބްލިކް ހެލްތާއި ބައްދަލުކޮށްފިއެވެ.

މި ބައްދަލުވުމުގައި އާއްމުން އެއްވާ ތަންތަން ޑިސްއިންފެކްޓް ކުރެވޭނެ ގޮތްތަކާއި ކުނި އުކާލުމުގައި އާއްމުން ސަމާލުކަންދޭންޖެހޭ ކަންތައްތަކާއި ބެހޭގޮތުން ވަނީ މަޝްވަރާ ކުރެވިފައެވެ. އަދި މީގެ އިތުރުން ވެމްކޯގެ މުވައްޒަފުން މަސައްކަތުގައި ހަރަކާތްތެރިވާއިރު އަމިއްލަ ރައްކާތރިކަމާއި ސާފުތާހިރުކަމަށްޓަކައި ކުރެވިދާނެ ކަންތަކާއި ބެހޭގޮތުންވެސް ވަނީ މަޝްވަރާ ކުރެވިފައެވެ.  

ޙަބަރު

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv