ފުވައްމުލައް ސިޓިގައި ފުލޫ ކްލިނިކްގެ ހިދުމަތްދޭން ފަށައިފި

16 މާޗް 2020

ކޮވިޑް-19 އާ ގުޅިގެން ފުވައްމުލައް ސިޓީގައި ގާއިމްކޮށްފައިވާ ފުލޫ ކްލިނިކުގެ ހިދުމަތް މިއަދު ފަށައިފިއެވެ.

މިކްލިނިކުގެ މަޤްސަދަކީ ރޯނގާ ނުވަތަ ހުމުގެ އެއްވެސް އަލާމާތެއް ހުންނަ ފަރާތްތަކުން ހޮސްޕިޓަލަށް ނުގޮސް ޑޮކްޓަރަށްދެއްކުމެވެ. އަދި މިކްލިނިކަށް ބިދޭސީންނަށް ވޯކް ޕަރމިޓަކާއި ނުލައި ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ވަނީ ހަމަޖެހިފައެވެ. މި ކްލިނިކް ހިންގަނީ ކުރީގެ މީޑިއާ ސެންޓަރ ހިންގި އިމާރާތުގައެވެ.

ފުލޫ ކްލިނިކް ހުޅުވިފައި ހުންނާނެ ގަޑިތަކަކީ:
 ހެނދުނު: 9:00 - 12:00
 މެންދުރު: 14:00 - 16:00
 ރޭގަނޑު: 20:00 - 22:00  

ކޮވިޑް-19 އާއި ގުޅިގެން ފުވައްމުލައް ސިޓީ ކައުންސިލުން އަޅަމުން މިގެންދާ ފިޔަވަޅުތަކަށް އެންމެހާ ފަރާތްތަކުންވެސް ލިބެމުންގެންދާ އެއްބާރުލުމަށް މިފުރުސަތުގައި ޝުކުރު ދަންނަވަމެވެ. 

ޙަބަރު

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv