ކޮވިޑް-19 އާއި ގުޅިގެން ފުވައްމުލައް ސިޓީ ކައުންސިލްގެ ސީނިއަރ މެނޭޖެމަންޓް ހިލޭ ސާބަހަށް މަސައްކަތްކޮށްދޭން ނިންމައިފި

18 މާޗް 2020

ކޮވިޑް-19 އާއި ގުޅިގެން ފުވައްމުލަކު ސިޓީ ކައުންސިލްގެ ސީނިއާ މެނޭޖްމަންޓްގެ މުވައްޒަފުން ހިލޭ ސާބަހަށް މަސައްކަތް ކުރަން ނިންމައިފިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލްގެ ސީނިއާ މެނޭޖްމަންޓްގެ މުވައްޒަފުން މިއަދު މިގޮތަށް ނިންމާފައިވަނީ ކޮވިޑް19 އާއި ގުޅިގެން ސަރުކާރުގެ ޚަރަދުތައް ކުޑަކުރަން ނިންމާފައިވާ ނިންމުމާއި އަދި އޮފީސްތައް 19 މާރިޗް އިން 26 މާރިޗް އަށް ބަންދު ކުރުމާއި ގުޅިގެން ފުވައްމުލަކު ސިޓީ ކައުންސިލުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ބައެއް ޚިދުމަތްތައް ދިނުމުގައި ބޫރުއެރުމެއް ނެތި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުންނެވެ. މީގެ އިތުރުން މިސިޓީގައި ގާއިމް ކޮށްފައިވާ ޓާސްކުފޯސް އިން ނިންމާ ކަންތައްތައް ތަންފީޒް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ތައްކުރުމާއި، ސިޓީގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމުގައި ހިލޭސާބަހަށް މަސައްކަތް ކޮށް ދިނުމުގެ ގޮތުންނެވެ.

ޙަބަރު

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv