ކަރަންޓީން ފެސިލިޓީސް ގާއިމް ކުރުމަށް 58 ކޮޓަރި ވަނީ ތައްޔާރީ ހާލަތަށް ގެނެވިފަ- މޭޔަރ

28 އެޕްރީލް 2020

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެ ޓީވީއަށް ދެއްވި ހާއްސަ އިންޓަވިޔުއެއްގައި ފުވައްމުލައް ސިޓީގެ މޭޔަރ އަބްދުﷲ ފަލާހް ޝަރީފު ވިދާޅުވީ ފުވައްމުލައް ސިޓީގައި ކަރަންޓީން ފެސިލިޓީސް ގާއިމްކުރުމަށް 58 ކޮޓަރި ވަނީ ތައްޔާރީ ހާލަތަށް ގެނެވިފައިކަމަށެވެ.

އަދި މީގެ އިތުރުން، ކޮވިޑް-19 އާއި ގުޅިގެން ދިމާވެފައިމިވާ ހާލަތުގައި ފުވައްމުލައް ސިޓީގައި އަޅާފައިވާ ފިޔަވަޅުތަކާއި ބެހޭގޮތުންވެސް މޭޔަރ ވަނީ މައުލޫމާތު ދެއްވާފައެވެ. އެގޮތުން، އާއްމު ފިހާރަތަކާއި ހޮޓާ، ރެސްޓޯރަންޓްތައް ބަންދުކުރުން، ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލުން އަދި އާއްމުން އެއްވާ މައިޒާން އަދި ޕާކުތަކަށް ދިޔުން މަނާކުރުން ހިމެނެއެވެ.

މޭޔަރ ވިދާޅުވި ގޮތުގައި މިދަނޑިވަޅުގައި އެންމެ ހާއްސަ އިސްކަމެއްދީގެން ބަލަމުން އަންނަ އެއް ކަމަކީ މިސިޓީގައި ތިބި ބިދޭސީންނަށް ދަތިނުވެ ފަސޭހަ ކަމާއިއެކު އުޅެވޭނެ ގޮތްތަކެއް ހޯދައިދިނުމެވެ.

މިނޫނަސް ފުވައްމުލައް ސިޓީ ކައުންސިލުން އަންނަނީ ރައްޔިތުންނަށް ދަތިވިޔަ ނުދިނުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

ޙަބަރު

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv