އުޖާލާ ބޯޓުގެ ފަޅުވެރިން އެކަހެރިކޮށްފައި

26 އެޕްރީލް 2020

މާލެ ސިޓީއިން ފުވައްމުލަކަށް އިއްޔެ ހަވީރު އައި އުޖާލާ ބޯޓުގެ ފަޅުވެރިންނާއި ދަތުރުވެރިން މިހާރު ވަނީ އެކަހެރިކޮށްފައެވެ.

ބޯޓުގެ 8 ފަޅުވެރިން އެކަހެރި ކޮށްފައިވަނީ ބޯޓުގައެވެ. އަދި ރަށުން މުދާ ހިފައިގެން މާލެދާ 6 ދަތުރުވެރިން އެކަހެރިކޮށްފައިވަނީ ވޭލި ރެސިޑެންސްގައެވެ. މި ހުރިހާ ފަރާތްތަކެއްވެސް އައިސޮލޭޓް ކުރުމަށް ހަމަޖެހިފައިވަނީ 14 ދުވަހުގެ މުއްދަތަކަށެވެ.

އައިސޮލޭޝަން ޕީރިއަޑްގައި މި ފަރާތްތަކުގެ ހުރިހާ ހަރަދުތަކެއްވެސް ބަލަހައްޓާނީ ފުވައްމުލައް ސިޓީ ކައުންސިލުންނެވެ. 

ޙަބަރު

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv