ހުއްދަ ނެތި އުޖާލާ ބޯޓަށް އެރި މީހެއް ހައްޔަރުކޮށްފި

28 އެޕްރީލް 2020

ފުވައްމުލައް ސިޓީގައި އެކަހެރިކޮށްފައިވާ އުޖާލާ ބޯޓަށް ހުއްދަ ނެތި އެރި މީހެއް ހައްޔަރުކޮށްފިއެވެ.

މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އިއްޔެގެ ވަގުތެއްގައެވެ. އޭނަގެ ބަންދުގެ މުއްދަތަށް 14 ދުވަސް ޖަހާފައިވާއިރު ފުލުހުން ދަނީ އިތުރަށް މައްސަލަ ބަލާ ތަހުގީގު ކުރަމުންނެވެ. މި މީހާ 14 ދުވަހު ބަންދުގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ހޯމް މިނިސްޓްރީއިން އަންގާ ތަނެއްގައެވެ.

އުޖާލާ ބޯޓު ރަށަށް އައިސްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. މި ބޯޓުގެ 8 ފަޅުވެރިޔަކު ބޯޓުގައި ތިބީ އެކަހެރިކޮށްފައެވެ. އަދި މުދާ ހިފައިގެން މާލެ ދަތުރުކުރާ 6 ދަތުރުވެރިޔަކު އެކަހެރިކޮށްފައިވަނީ ވޭލި ރެސިޑެންސްގައެވެ.

މި ފިޔަވަޅުތަކަކީ ފުވައްމުލައް ސިޓީގައި ކޮވިޑް-19 ފެތުރުނަ ނުދިނުމަށްޓަކައި ފުވައްމުލައް ސިޓީ ކައުންސިލް އަދި ފުވައްމުލައް ކޮވިޑް ޓާސްކްފޯސް ގުޅިގެން އަޅަމުން އަންނަ ފިޔަވަޅުތަކެކެވެ.   

ޙަބަރު

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv