ނާއިބު ތުއްތު މަގު ވަކި ވަގުތުތަކެއްގައި ބަންދުކުރުމަށް ނިންމައިފި

2 މެއި 2020

މުޅި ދުނިޔޭގައި މިހާރު ހަލުވިކާމާއިއެކު ފެތުރެމުން އަންނަ ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން ފުވައްމުލައް ސިޓީ ނާއިބު ތުއްތު މަގު ވަކި ވަގުތުތަކެއްގައި ބަންދުކުރުމަށް ނިންމައިފިއެވެ.

02 މެއި 2020 ވާ ހޮނިހިރު ދުވަހުން ފެށިގެން ފުވައްމުލައް ސިޓީ ކައުންސިލުން ވަކި ގޮތެއް އަންގަންދެން ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 12:00 އަށް ނާއިބު ތުއްތު މަގު ބަންދުވާނެއެވެ. މި ގަޑިތަކުގައި މި މަގުން ދުއްވޭނީ އޮފީސް ކާޑު އަޅުއްވައިގެން ރަސްމީ ޑިއުޓީތަކަށް ދުރުވާ ބޭފުޅުންނަށެވެ. މީގެ އިތުރުން ޑެލިވަރީއަށް ހުއްދަ ދީފައިވާ އުޅަނދުތައް، ހޮސްޕިޓަލް އުޅަނދުތައް، އެމްއެންޑީއެފް އަދި ޕޮލިސް އުޅަނދުތައް، ފުވައްމުލައް ސިޓީ ކައުންސިލުން ހުއްދަ ދީފައިވާ ލިޔުމެއް އޮތް މީހުން ނުވަތަ އުޅަނދުތައް، ވެމްކޯ އުޅަނދުތައް، އެއާޕޯޓް އުޅަނދުތައް އަދި ކައުންސިލް އުޅަނދުތަކަށް މިގަޑިތަކުގައި މިމަގުން ދުއްވޭނެއެވެ.

މީގެ އިތުރުން ޟަރޫރީ ބޭނުންތަކުގައި މެނުވީ ގެއިން ބޭރަށް ނިކުތުންވެސް މިހާރު ވަނީ މަނާކުރެވިފައެވެ. އަދި ނިކުމެ އުޅޭއިރު 3 މީހުނަށްވުރެ ގިނައިން އެއްތަނަކަށް ޖަމާނުވުމާއި އިޖްތިމާއީ ގައިދުރުކަން ބަހައްޓަންވާނެއެވެ.

ފުވައްމުލައް ސިޓީއިން މިހާތަނަށް އެއްވެސް މިހާކު ކޮވިޑް-19 އަށް ފައްސިވެފައި ނުވިނަމަވެސް ހުރިހާ ބޭފުޅުންވެސް އިޖްތިމާއީ ގައިދުރުކަން އިސްކޮށް ގެއިން ބޭރަށް ކޮންމެހެން ނިކުންނަން ޖެހިގެން މެނުވީ ނުނިކުތުމަކީ މި ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ. 

ޙަބަރު

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv