ޔޫއޭއީއިން ދިވެހި ރައްޔިތުންނަށް ހަދިޔާ ކުރި ކަދުރު ފުވައްމުލައް ސިޓީގައި ބަހަން ފަށައިފި

7 މެއި 2020

އެހެން އަހަރު ތަކެކޭ އެއްގޮތަށް ރޯދަމަހަށް ޔޫއޭއީ އެމްބަސީ އަދި ޚަލީފާ ބިން ޒައިދް އަލް ނަހްޔާން ފައުންޑޭޝަނުން ދިވެހި ރައްޔިތުންނަށް ހަދިޔާކުރި ކަދުރު ފުވައްމުލައް ސިޓީގައި މިއަދު ބަހަން ފަށައިފިއެވެ.

މި ކަދުރު ފުވައްމުލައް ސިޓީގެ މީހުން ދިރިއުޅޭ ހުރިހާ ގެއަކަށް ބެހުމަށްވަނީ ހަމަޖެހިފައެވެ. އެއީ މުޅި ޖުމްލަ 1861 ގެއެވެ. މި ހުރިހާ ގެއަކަށް ކަދުރު ބަހައި ނިމޭނެކަމަށް ލަފާ ކުރެވެނީ 1 ހަފްތާތެރޭގައެވެ. 

ޙަބަރު

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv