ނައިބު ތުއްތު މަގުގައި ދުއްވައިގެން ޖުމްލަ 238 ފަރާތަކަށް ނަސޭހަތް ދީފި!

9 މެއި 2020

ނައިބު ތުއްތު މަގު ބަންދުކޮށްފައިވާ ގަޑިތަކުގައި ދުއްވައިގެން މިހާތަނަށް ޖުމްލަ 238 ފަރާތަކަށް ނަސޭހަތް ދީ ސިސްޓަމް ތެރެއަށް ވައްދައިފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ފުވައްމުލައް ސިޓީ ކައުންސިލުން ރައްކާތެރިވުމުގެ ގޮތުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން 02 މެއި 2020 އިން ފެށިގެން ފުވައްމުލައް ސިޓީ ކައުންސިލުން ވަކި ގޮތެއް އަންގަންދެން ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 12:00 އާ ހަމައަށް ނައިބު ތުއްތު މަގު ބަންދުކުރުމަށް ވަނީ ނިންމާފައެވެ. އަދި ހުއްދަ ނެތި މިމަގުން ދުއްވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށްވެސް ވަނީ ނިންމާފައެވެ.

މި ގަޑިތަކުގައި މި މަގުން ދުއްވޭނީ އޮފީސް ކާޑު އަޅުއްވައިގެން ރަސްމީ ޑިއުޓީތަކަށް ދުރުވާ ބޭފުޅުންނަށެވެ. މީގެ އިތުރުން ޑެލިވަރީއަށް ހުއްދަ ދީފައިވާ އުޅަނދުތައް، ހޮސްޕިޓަލް އުޅަނދުތައް، އެމްއެންޑީއެފް އަދި ޕޮލިސް އުޅަނދުތައް، ފުވައްމުލައް ސިޓީ ކައުންސިލުން ހުއްދަ ދީފައިވާ ލިޔުމެއް އޮތް މީހުން ނުވަތަ އުޅަނދުތައް، ވެމްކޯ އުޅަނދުތައް، އެއާޕޯޓް އުޅަނދުތައް، އެސްޓީއޯ އުޅަނދުތައް، ފުވައްމުލައް ކޯޓު އުޅަނދުތައް އަދި ކައުންސިލް އުޅަނދުތަކަށް މިގަޑިތަކުގައި މިމަގުން ދުއްވޭނެއެވެ.

މީގެ އިތުރުން ޟަރޫރީ ބޭނުންތަކުގައި މެނުވީ ގެއިން ބޭރަށް ނިކުތުންވެސް މިހާރު ވަނީ މަނާކުރެވިފައެވެ. އަދި ނިކުމެ އުޅޭއިރު 3 މީހުނަށްވުރެ ގިނައިން އެއްތަނަކަށް ޖަމާނުވުމާއި އިޖްތިމާއީ ގައިދުރުކަން ބަހައްޓަންވާނެއެވެ. 

ޙަބަރު

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv