މުޅި ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން ފުވައްމުލަކަށްވެސް ބޮޑެތި ގެއްލުންތަކެއް!

16 މެއި 2020

މިހާރު މުޅި ރާއްޖެއަށްވެސް ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން ފުވައްމުލައް ސިޓީގެ ބައެއް ގެތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

މި ގޮތުން ވިއްސާރަކޮށް ވައިގަދަވުމާ ގުޅިގެން ބައެއް ގޯތިތަކުގައި ހުރި ރުއްގަސްތައް ވަނީ ވެއްޓިފައެވެ. މިކަމުގެ ސަބަބުން އެގެތަކަށް ވަނީ ތަފާތު އެކި ވަރުގެ ގެއްލުން ލިބިފައެވެ. މިކަމުގެ ސަބަބުން ގެއްލުން ލިބުނު ގެތަކަށް ފުވައްމުލައް ސިޓީ ކައުންސިލުގެ މުވައްޒަފުން ވަނީ އެހީ ފޯރުކޮށްދީފައެވެ.

ކުރިއަށް އޮތް ހަފްތާގައިވެސް ވިއްސާރަވާނެ ކަމަށް މޫސުމާއި ބެހޭ އޮފީހުން ލަފާކޮށްފައިވުމާއެކު އެންމެހާ ބޭފުޅުންވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅުއްވައިގެން ތިއްބެވުމަކީ މުހިންމު ކަމެކެވެ. އަދި ވިއްސާރައިގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ ކައުންސިލްގެ ނަމްބަރ 7315001 ގުޅުއްވުން އެދެމެވެ. 

ޙަބަރު

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv