ފުވައްމުލައް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތް އަދިވެސް ކުރިއަށް!

18 މެއި 2020

ކޮވިޑް-19 އާއި ގުޅިގެން ފުވައްމުލައް ސިޓީގައި މިދިޔަ މަހުން ފެށިގެން ޤާއިމުކޮށްފައިވާ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދެއެވެ.

އީއޯސީގައި ޤާއިމްކޮށްފައިވާ ޑެސްކުތަކުގެ ތެރޭގައި ހިމެނެނީ:
   1. އައިސޮލޭޝާން
   2. ޓްރާންސްޕޯޓް
   3. ޝޮޕް ޑެލިވަރީ
   4. އައިލެންޑް ސްޓޮކް
   5. ސޯޝަލް ޑެސްކް

މި ޑެސްކުތަކުން ލިބެމުން އަންނަ ޚިދުމަތްތަކުގެ ތެރެއިން
   1. ލަފާ ފުރާ އުޅަނދުތަކުގެ ހުއްދަ ދޫކުރުން
   2. ކާބޯތަކެތީގެ ސްޓޮކަށް އަންނަ ބަދަލުތައް ދެނެގަނެ ސްޓޮކް ހުސްވިޔަ ނުދީ ބެލެހެއްޓުން
   3. ރަށުތެރެ މޮނީޓަރ ކުރުން (ފިހާރަ، ގާޑިޔާ، ހޮޓާ ރެސްޓޯރަންޓް، ސެލޫންތަކުން ދޭ ޚިދުމަތް ޑެލިވަރީ ޚިދުމަތް ދެވޭތޯ ކަށަވަރު ކުރުން)
   4. ޑެލިވަރީގެ ޚިދުމަތްދޭ ތަންތަނުގެ މައުލޫމާތު އަޕްޑޭޓް ކުރުން
   5. މީޑިއާ އަށް މައުލޫމާތު ދިނުން
   6. ރިސޯޓް ތަކުން ދަތުރުކުރި ފަރާތްތަކުގެ މައުލޫމާތު ނެގުން
   7. ކާރގޯ ފްލަައިޓުގެ ހުރިހާ ތަފްސީލެއް ބެލެހެއްޓުން

އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ހިދުމަތް ލިބޭނެ ގަޑިތަކަކީ ހެނދުނު 10:00 އިން ރޭގަނޑު 01:00 ށެވެ.

ޙަބަރު

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv