ފުވައްމުލައް ސިޓީއިން ރެންޑަމް ސާމްޕްލިންގ ނަގަނީ

26 މެއި 2020

ފުވައްމުލައް ސިޓީގައި ކޮވިޑް-19 ފެތުރޭތޯ ބެލުމަށްޓަކައި ލެބޯޓްރީ ޓެސްޓު ހެދުމަށް ސާމްޕަލް ނެގުމުގެ މަސައްކަތް މިއަދާއި މާދަމާ، ފުވައްމުލައް ހޮސްޕިޓަލުގެ ކޮވިޑް "ރެޕިޑް ރެސްޕޮންސް ޓީމު" (އާރ. އާރ. ޓީ)ން ކުރިއަށް ގެންދާނެއެވެ.

ސާމްޕަލް ނެގުމަށްޓަކައި ހޮސްޕިޓަލުގައާއި ރަށުގެ އެކި އެކި ދިމަދިމާގައި އާރއާރޓީ ހަރަކާތްތެރިވެ، ބައެއް ގޭގެއަށް ޒިޔާރަތް ކުރާނެއެވެ. މިގޮތުން މިސިޓީއިން 100 މީހެއްގެ ސާމްޕަލް ނަގާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ސާމްޕަލް ނެގުމަށްޓަކައި ފިހާރަތަކާއި ހޮޓާ/ ރެސްޓޯރަންޓް ފަދަ ތަންތަނަށް ޒިޔާރަތްކޮށް އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސާމްޕަލްވެސް ނަގާނެއެވެ. ސާމްޕަލް ނެގުމަށް ހަމަޖެހިފައިވަނީ އެކި އުމުރުފުރާގެ މީހުން ހިމެނޭ ގޮތަށެވެ.

ވީމާ، މިކަމުގައި މިސިޓީގެ ރައްޔިތުންނާއި ސިޓީގައި ދިރިއުޅޭ އެންމެހައި ފަރާތްތަކުގެ އެއްބާރުލުން ދެއްވެވުން ކޮވިޑް ޓާސްކްފޯސް ޓީމާއި ސިޓީ ކައުންސިލްގެ އިދާރާއިން އެދެމެވެ. 

ޙަބަރު

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv