ނަރުދަމާ އަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމާއި ގުޅޭގޮތުން ނައިބް ރައީސް މަޝްވަރާކޮށްފި

4 ޖޫން 2020

ފުވައްމުލަކުގެ ނަރުދަމާ ނިޒާމަށް މިހާރު ދިމާވެފައިވާ މައްސަލައަށް އަވަސް ހައްލެއް ގެނައުމާއި ގުޅޭގޮތުން ދިވެހިރާއްޖޭގެ ނާއިބް ރައީސް ފައިސަލް ނަސީމް އާއި ރައްޔިތުން މަޖިލީހުގެ ފުވައްމުލަކު ތަމްސީލްކުރާ ތިން މެމްބަރުންނާއި ފެނަކަ ފުވައްމުލަކު ބްރާންޗް އަދި ފުވައްމުލަކު ސިޓީ ކައުންސިލާއި އެކު މަޝްވަރާކޮށްފިއެވެ.

މިއަދު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ނާއިބް ރައީސްވަނީ ފުވައްމުލަކުގެ ނަރުދަމާ ނިޒާމް އަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ވީހާވެސް އަވަހަކަށް މައްސަލަ ހައްލުކޮށް ރައްޔިތުންނަށް ދިމާވާދަތިތައް ހައްލުކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމަށް ކަމާއި ގުޅޭ މުއްސަސާތަކުގައި އެދިވަޑައިގެންފައެވެ. ނާއިބް ރައީސް އިތުރަށް އެދިވަޑައިގެންފައިވަނީ ނަރުދަމާ ނިޒާމާއި ގުޅޭ ގޮތުން ރައްޔިތުން ކުރާ ޝަކުވާތަކަށް އެޓެންޑުވެ، އެމައްސަލަތައް ދުވަހުން ދުވަހަށް ނިންމަވައި ދިނުމަށްވެސް އެދިވަޑައިގެންނެވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ފެނަކަ އިން ފާހަގަކޮށްފައިވަނީ ނަރުދަމާ މައްސަލަ ހައްލުކުރުމަށް ގިނަ މެޝިނަރީޒް ތައް މިހާރު ފުވައްމުލަކަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ގެތަކުގައި ބަހައްޓާފައިހުރި ކެޗްޕިޓްތައް ބަދަލުކުރުމުން މިހާރު ދިމާވާ ގިނަ މައްސަލަތައް ހައްލުކުރެވިގެން ދާނެކަމަށެވެ.

ޙަބަރު

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv