ފުވައްމުލަކުގެ މަގުހެދުމުގެ މަޝްރޫއު ކުރިއަށްދާ ގޮތާއި މެދު ނާއިބް ރައީސް މަޝްވަރާކޮށްފި

4 ޖޫން 2020

ފުވައްމުލަކުގެ އެތެރޭގެ މަގުހެދުމުގެ މަޝްރޫއު ކުރިއަށްދާ ގޮތާއި މެދު ނާއިބް ރައީސް ފުވައްމުލަކު ސިޓީގެ މޭޔަރ އާއި އެމްޓީސީ އާއި މަޝްވަރާކޮށްފިއެވެ.

މިއަދު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ރައްޔިތުން މަޖިލީހުގެ ފުވައްމުލަކު ތަމްސީލްކުރާ ތިން މެމްބަރުންނާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި ނާއިބް ރައީސްވަނީ މަގުހެދުމުގެ މަޝްރޫއު އަވަސްކޮށްދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

ފުވައްމުލަކު މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތުގެތެރޭގައި ހިމެނޭ ސްޓޯމްވޯޓަރ ޑިޒައިން ކުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ.

ޙަބަރު

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv