މާލެ ސިޓީގައި ފުރަބަންދުވެފައި ތިބި ފަރާތްތަށް ފުވައްމުލަކުގައި ހޯމް ކަރަންޓީނުވުމަށް ގެނެސްފި

9 ޖޫން 2020

މާލެ ސިޓީގައި ފުރަބަންދުވެފައި ތިބި ފުވައްމުލައް ސިޓީގެ ބައެއް ރައްޔިތުން މިއަދު ހޯމް ކަރަންޓީނަށް ފުވައްމުލަކަށް ގެނެސްފިއެވެ.

މީގެ ތެރޭގައި ހިމެނެނީ ޖުމްލަ 30 ފަރާތެކެވެ. މިފަރާތްތައް ހޯމް ކަރަންޓީނުގައި ތިބުމަށް ހަމަޖެހިފައިވަނީ ޖުމްލަ 14 ގެއެއްގައެވެ. މި ހުރިހާ ގެތަކެއްވެސް ހުންނާނީ މޮނީޓަރިންގގެ ހާލަތުގައެވެ. އަދި ކަރަންޓީނުގެ 24 ދުވަސް ހަމަވަންދެން މިގޭގެއަށް މީހުން ވަނދެ ނިކުމެ ހެދުމަކީ މަނާކަމެކެވެ.

މާލެ ސިޓީއިން ފުވައްމުލަކަށް އައުމަށް ނަންނޯޓުކޮށްފައި ތިބި ބާކީ ފަރާތްތަށް ގެނައުމުގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ

ހޯމް ކަރަންޓީނުގައި ތިއްބަވާ ހުރިހާ ފަރާތްތަކެއްވެސް ކަރަންޓީނުގެ މުއްދަތު ހަމަވަންދެން އެބޭފުޅަކު ހުރުމަށް ހަމަޖެހިފައިވާ ގެއެއްގައި ތިއްބެވުމަކީ ސިޓީ ކައުންސިލުގެ ވަރަށް ބޮޑު އެދުމެކެވެ. 

ޙަބަރު

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv