"ގެދޮރުވެރިކުރުން" ޕްރޮގްރާމުގެ ދަށުން، ދެވަނަ ބުރުގެ ފްލެޓް ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތުލުން މިއަދު ބާއްވައިފި

14 ޖޫން 2020

ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމުގެ ދަށުން ފުވައްމުލައް ސިޓީގައި އިމާރަތްކޮށްފައިވާ ފްލެޓުތަކުގެ ތެރެއިން ދެވަނަ ބުރުގެ އިއުލާނާ ގުޅިގެން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ކެޓަގަރީ އޭ އާއި ކެޓަގަރީ ބީ އިން ފްލެޓް ލިބޭ ފަރާތްތަކުގެ މެދުގައި މިއަދު ގުރުއަތުލައިފިއެވެ.

މި ފަރާތްތަކުގެ ތެރޭގައި ހިމެނެނީ އޭ ކެޓެގަރީގެ ދަށުން ފްލެޓް ލިބުނު 35 ފަރާތަކާއި ބީ ކެޓަގަރީގެ ދަށުން ފްލެޓް ލިބުނު 5 ފަރާތެކެވެ.

މީގެ އިތުރުން ކެޓަގަރީ އޭ ގެ ދަށުން ބާކީ ހުރި 40 ފްލެޓް އަދި ކެޓަގަރީ ބީ ގެ ދަށުން ބާކީ ހުރި 7 ފްލެޓަށްވެސް ވަރަށް އަވަހަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެއެވެ.

ޙަބަރު

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv