ހޯމް ކަރަންޓީނަށް އިތުރު 34 މީހަކު މިއަދު ގެންނަނީ

19 ޖޫން 2020

މާލެ ސިޓީ ފުރަބަންދުވުމާއި ގުޅިގެން ރަށަށް ނާދެވިފައި ތިބި ފަރާތްތަކުގެ ތެރެއިން އިތުރު 34 މީހަކު މިއަދު އަނެއްކާވެސް ފުވައްމުލައް ސިޓީއަށް ގެނައުމަށް ހަމަޖެހިއްޖެއެވެ.

މީގެ އިތުރުން އިއްޔެވެސް ވަނީ ހޯމް ކަރަންޓީނުވުމަށްޓަކައި ޖުމްލަ 89 ފަރާތެއް އަނބުރާ ރަށަށް ގެނެސްފައެވެ.

އެޗްޕީއޭގެ އުސޫލުގައި ވާގޮތުން ހޯމް ކަރަންޓީނު ވުމުގެ މުއްދަތަކީ މިހާރު 14 ދުވަހެވެ. ވީމާ މިހާރު ހޯމް ކަރަންޓީނުވަމުން އަންނަ ހުރިހާ ފަރާތްތަކުންވެސް މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މި އުސޫލްގައިވާ ގޮތަށް އަމަލްކޮށް، 14 ދުވަސް ހަމަވަންދެން ގެއިން ބޭރަށް ނުނިކުމެ ތިއްބެވުމަކީ ސިޓީ ކައުންސިލުގެ ވަރަށް ބޮޑު އެދުމެކެވެ.

މިހާތަނަށް ގާތްގަނޑަކަށް 193 ފަރާތެއް މިހާރުވަނީ ހޯމް ކަރަންޓީނަށް ފުވައްމުލައް ސިޓީއަށް ގެނެވިފައެވެ. މި މަސައްކަތުގައި ހަރަކާތްތެރިވަނީ ފުވައްމުލައް ސިޓީ ކައުންސިލްގެ މުވައްޒަފުންނާއި ކޮވިޑް-19 ޓާސްކްފޯސްގެ ބޭފުޅުންނެވެ. 

ޙަބަރު

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv