ފުވައްމުލައް ސިޓީގައި ގަވާއިދާ ޚިލާފަށް އުޅެމުން ދިޔަ 18 ބިދޭސީއަކު އަނބުރާ ގައުމަށް ފޮނުވާލައިފި

19 ޖޫން 2020

ފުވައްމުލައް ސިޓީގައި ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީންގެ ތެރެއިން 18 ބިދޭސީއަކު އިއްޔެ ވަނީ އަނބުރާ އެމީހުންގެ ގައުމަށް ފޮނުވާލާފައެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން މިއަހަރުގެ ޖަނަވަރީ މަހު ފުވައްމުލައް ސިޓީގައި ވަނީ ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއްވެސް ހިންގާފައެވެ. މި ޕްރޮގްރާމަކީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދަ ނެތި، ނުވަތަ ހުއްދައެއް އޮތް ނަމަވެސް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ނުވަތަ ކާކުކަން އަންގައިދޭ ސައްޚަ ލިޔުމެއް ނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށްގެން އެފަރާތްތަށް ޤަވާއިދަށް ފެއްތުމަށްޓަކައި މިނިސްޓްރީ އޮފް އިކޮނިމިކް ޑިވަލޮޕްމެންޓްގެ ފަރާތުން ފެއްޓި ޕްރޮގްރާމެކެވެ.

އިއްޔެއަކީ ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީން މިގޮތަށް ފޮނުވި ފުރަތަމަ ފަހަރެވެ. ކުރިއަށް އޮތް ތަނުގައިވެސް މިގޮތަށް އުޅެމުން އަންނަ ފަރާތްތަށް ހޯދާ އެމީހުން އަނބުރާ ގައުމަށް ފޮނުވުމުގެ މަސައްކަތް ކުރަމުން ގެންދާނެއެވެ.

ޙަބަރު

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv