ކަރަންޓީނުގެ އުސޫލާއި ހިލާފުވެ ގެއިން ބޭރަށް ނުކުތް ދެފަރާތެއް ހައްޔަރުކޮށްފި

21 ޖޫން 2020

ފުވައްމުލައް ސިޓީގެ ހޯމް ކަރަންޓީނުގައި ތިބި ދެފަރާތެއް ކަރަންޓީނުގެ އުސޫލުތަކާއި ޚިލާފުވެ ބޭރަށް ނުކުތުމުގެ ސަބަބުން މިއަދު ހައްޔަރު ކޮށްފިއެވެ.

މީގެ ތެރެއިން އެކަކުގެ ބަންދުގެ މުއްދަތަށް މިހާރުވަނީ 14 ދުވަސް ޖަހާފައެވެ.

އެޗްޕީއޭގެ އުސޫލުގައި ވާގޮތުން ހޯމް ކަރަންޓީނު ވުމުގެ މުއްދަތަކީ މިހާރު 14 ދުވަހެވެ. ވީމާ މިހާރު ހޯމް ކަރަންޓީނުވަމުން އަންނަ ހުރިހާ ފަރާތްތަކުންވެސް މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މި އުސޫލްގައިވާ ގޮތަށް އަމަލްކޮށް، 14 ދުވަސް ހަމަވަންދެން ގެއިން ބޭރަށް ނުނިކުމެ ތިއްބެވުމަކީ ސިޓީ ކައުންސިލުގެ ވަރަށް ބޮޑު އެދުމެކެވެ.

ފުވައްމުލައް ސިޓީގެ ރައްޔިތުންގެ ފަރާތުން މިކަމަށް ލިބެމުން އަންނަ އެއްބާރުލުމަށް ފުވައްމުލައް ސިޓީ ކައުންސިލުގެ ނަމުގައި ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.

ޙަބަރު

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv