ކަރަންޓީނުގެ އުސޫލާއި ހިލާފުވެ ގެއިން ބޭރަށް ނުކުތް ފަރާތެއް އަނެއްކާވެސް ހައްޔަރުކޮށްފި

30 ޖޫން 2020

ފުވައްމުލައް ސިޓީގެ ހޯމް ކަރަންޓީނުގައި ހުރި މީހަކު ކަރަންޓީނުގެ އުސޫލުތަކާއި ޚިލާފުވެ ބޭރަށް ނުކުތުމުގެ ސަބަބުން އިއްޔެ ހައްޔަރު ކޮށްފިއެވެ.

މިފަރާތުގެ ބަންދުގެ މުއްދަތަށް މިހާރުވަނީ 14 ދުވަސް ޖަހާފައެވެ. މިމަހުގެ 21 ވަނަ ދުވަހުވެސް ހޯމް ކަރަންޓީނުގައި ތިބި ދެ ފަރާތެއް ވަނީ ހޯމް ކަރަންޓީނުގެ އުސޫލުތަކާއި ހިލާފުވުމުގެ ސަބަބުން ހައްޔަރު ކޮށްފައެވެ.

އެޗްޕީއޭގެ އުސޫލުގައި ވާގޮތުން ހޯމް ކަރަންޓީނު ވުމުގެ މުއްދަތަކީ މިހާރު 14 ދުވަހެވެ. ވީމާ މިހާރު ހޯމް ކަރަންޓީނުވަމުން އަންނަ ހުރިހާ ފަރާތްތަކުންވެސް މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މި އުސޫލްގައިވާ ގޮތަށް އަމަލްކޮށް، 14 ދުވަސް ހަމަވަންދެން ގެއިން ބޭރަށް ނުނިކުމެ ތިއްބެވުމަކީ ސިޓީ ކައުންސިލުގެ ވަރަށް ބޮޑު އެދުމެކެވެ.

ފުވައްމުލައް ސިޓީގެ ރައްޔިތުންގެ ފަރާތުން މިކަމަށް ލިބެމުން އަންނަ އެއްބާރުލުމަށް ފުވައްމުލައް ސިޓީ ކައުންސިލުގެ ނަމުގައި ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.

ޙަބަރު

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv