ފުވައްމުލައް ސިޓީގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ ބިދޭސީންތަކެއް އަނެއްކާވެސް އަނބުރާ ޤައުމަށް ފޮނުވާލައިފި

14 ޖުލައި 2020

ފުވައްމުލައް ސިޓީގައި ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީންގެ ތެރެއިން އިތުރު 15 ފަރާތެއް މިދިޔަ ހޮނިހިރު ދުވަހު އަނބުރާ ޤައުމަށް ފޮނުވާލައިފިއެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން މިއަހަރުގެ ޖަނަވަރީ މަހު ފުވައްމުލައް ސިޓީގައި ވަނީ ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއްވެސް ހިންގާފައެވެ. މި ޕްރޮގްރާމަކީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދަ ނެތި، ނުވަތަ ހުއްދައެއް އޮތް ނަމަވެސް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ނުވަތަ ކާކުކަން އަންގައިދޭ ސައްޚަ ލިޔުމެއް ނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށްގެން އެފަރާތްތަށް ޤަވާއިދަށް ފެއްތުމަށްޓަކައި މިނިސްޓްރީ އޮފް އިކޮނިމިކް ޑިވަލޮޕްމެންޓްގެ ފަރާތުން ފެއްޓި ޕްރޮގްރާމެކެވެ.

ފުވައްމުލައް ސިޓީގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން އެންމެ ފުރަތަމަ އަނބުރާ ގައުމަށް ފޮނުވާފައިވަނީ މި އަހަރުގެ ޖޫން 19 ވަނަ ދުވަހުއެވެ. އެއީ ޖުމްލަ 18 ބިދޭސީންނެވެ. 

ޙަބަރު

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv