ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި

22 ޖުލައި 2020

ފުވައްމުލައް ސިޓީގެ އެތެރޭގެ 31 މަގެއް ހެދުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ފުވައްމުލަކު ސިޓީގައި ހެދުމަށް މިސަރުކާރުން ހަމަޖައްސާފައިވާ 31 މަގުގެ ދިގުމިނަކީ 15،931 މީޓާރުގެ ސަރަހެއްދެކެވެ. މިމަގުތައް ނިމޭއިރު މަގުގައި ތާރު އަޅައި، ދުވާރު ހަދައި، މަގު ބައްތި ހަރުކުރެވޭނެއެވެ. އަދި މީގެ އިތުރުން ފެން ހިންދާ ނިޒާމުގެ މަސައްކަތްވެސް މަގުގެ މަސައްކަތާއެކު ނިމިގެން ދާނެއެވެ.

މި މަސައްކަތަކީ ސަރުކާރުން 279.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. އަދި މިއީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވައުދުތަކުގެ ތެރެއިން ހިމެނޭ ވައުދެކެވެ..

އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 2019 ޖުލައިގައެވެ. ފުވައްމުލަކުގެ އެތެރޭގެ މަގުތަކުގެ އިތުރުން ރިންގްރޯޑުގެ މަސައްކަތުގެ ބޮޑުބައެއް މިހާރުވަނީ ނިމިފައެވެ.

މަގުހެދުމުގެ މަސައްކަތް ކުރިއަށްދާއިރު މަގުގެ ބޭނުންކުރާ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން ދެއްވުން އެދޭވާހަކަ ދަންނަވަމެވެ. 

ޙަބަރު

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv