ފުވައްމުލައް ސިޓީ ޕޮލިސްގެ އައު ސިޓީ ކޮމާންޑަރ ފުވައްމުލައް ސިޓީ ކައުންސިލުގެ މެމްބަރުންނާ ބައްދަލުކުރައްވައިފި

17 އޯގަސްޓް 2020

ފުވައްމުލައް ސިޓީ ޕޮލިސްގެ އައު ސިޓީ ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ މައުރޫފް، ފުވައްމުލައް ސިޓީ ކައުންސިލުގެ މެމްބަރުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ދެ މުއައްސަސާގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ގޮތްތަކާއި، ގުޅިގެން ހިންގާ އެކި މަޝްރޫއުތައް އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މީގެ އިތުރުން، ރަށުގެ އިޖްތިމާއީ މައްސަލަތަކާއި މިނޫންވެސް ދިމާވާ އެހެނިހެން މައްސަލަތަކަށް ހައްލު ހޯދާނެ ގޮތްތަކާއި ބެހޭގޮތުންވެސް ވަނީ ވާހަކަ ދެކެވިފައެވެ.

މި ބައްދަލުވުމުގައި ފުވައްމުލައް ސިޓީ ކައުންސިލުގެ މޭޔަރ އަބްދުﷲ ފަލާހު ޝަރީފު އަދި ޑެޕިއުޓީ މޭޔަރ މުޙައްމަދު ޟިރާރު ބައިވެރިވެވަޑައިގެންނެވިއެވެ. 

ޙަބަރު

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv