މަގުތަކުގައި ފެންބޮޑުވުން ހައްލުކުރުމަށްޓަކައި ކާނު ބެހެއްޓުމުގެ މަސައްކަތް ކުރިއަށް ދަނީ

24 އޯގަސްޓް 2020

ވާރޭވެހި ވިއްސާރަވުމުގެ ސަބަބުން މަގުމަތީގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ބައެއް މަގުތަކުގައި ކާނު ބެހެއްޓުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

މިހާތަނަށް ކާނު ބަހައްޓާފައިވާ މަގުތަކުގެ ތެރޭގައި ކިރިވޭދެމަގު، ވައިލެޓްމަގު، ބަހާރުމަގު އަދި ހާނާރި މަގު ހިމެނެއެވެ. މި މަސައްކަތް ކުރިއަށްގެންދަނީ ފުވައްމުލައް ސިޓީ ކައުންސިލުގެ މުވައްޒަފުންނެވެ.

ފުވައްމުލައް ސިޓީގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ރިންގްރޯޑުގައި ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމް ބެހެއްޓުމުގެ މަސައްކަތްވެސް ކުރިއަށް އެބަދެއެވެ. 

ޙަބަރު

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv