ފުވައްމުލައް ސިޓީގައި ގަވާއިދާ ޙިލާފަށް އުޅެމުން ދިޔަ އިތުރު 11 ބިދޭސީއަކު މިއަދު މާލެ ފޮނުވައިފި

30 އޯގަސްޓް 2020

ފުވައްމުލައް ސިޓީގައި ގަވާއިދާ ޙިލާފަށް އުޅެމުން އަންނަ ބިދޭސީންގެ ތެރެއިން އިތުރު 11 ބިދޭސީއެއް މިއަދު އަނބުރާ މާލެ ފޮނުވާލައިފިއެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން، މިއަހަރުގެ ޖޫން 19 ވަނަ ދުވަހުވެސް 18 ބިދޭސީން ވަނީ މާލެ ފޮނުވާފައެވެ. މިއި މިގޮތަށް ބިދޭސީން މާލެ ފޮނުވި ތިންވަނަ ފަހަރެވެ.

މިއަހަރުގެ ޖަނަވަރީ މަހު ފުވައްމުލައް ސިޓީގައި ވަނީ ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއްވެސް ހިންގާފައެވެ. މި ޕްރޮގްރާމަކީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދަ ނެތި، ނުވަތަ ހުއްދައެއް އޮތް ނަމަވެސް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ނުވަތަ ކާކުކަން އަންގައިދޭ ސައްޚަ ލިޔުމެއް ނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށްގެން އެފަރާތްތަށް ޤަވާއިދަށް ފެއްތުމަށްޓަކައި މިނިސްޓްރީ އޮފް އިކޮނިމިކް ޑިވަލޮޕްމެންޓްގެ ފަރާތުން ފެއްޓި ޕްރޮގްރާމެކެވެ.

ޙަބަރު

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv