ގއ. އަތޮޅު ކައުންސިލުގެ މެމްބަރުންނާއި ފުވައްމުލައް ސިޓީ ކައުންސިލުން ބައްދަލުކޮށްފި

13 ސެޕްޓެމްބަރ 2020

ގއ. އަތޮޅު ކައުންސިލުގެ މެމްބަރުންނާއި ފުވައްމުލައް ސިޓީ ކައުންސިލުން މިއަދު ބައްދަލުކޮށްފިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ކައުންސިލްތަކުގެ ހިންގުން ކުރިއަށްދާ ގޮތް ބަލައި ދެއަތޮޅު ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމެވެ.

މި ބައްދަލުވުމުގައި ފުވައްމުލައް ސިޓީ އަދި ގއ އަތޮޅާއި ދެމެދު ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށްޓަކައި ވަނީ މަޝްވަރާކުރެވިފައެވެ. އަދި ފުވައްމުލައް ސިޓީގެ ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާކޮށް ތަރައްގީ ކުރާނެ ގޮތްތަކާއި ބެހޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ. މީގެ އިތުރުން، ދެކައުންސިލް ދެމެދުގައި ފަހުމުނާމާއެއް ގާއިމް ކުރުމާއި ގުޅޭގޮތުންވެސް ވަނީ ކުރެވިފައެވެ. 

ޙަބަރު

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv