ގއ. އަތޮޅު ކައުންސިލާއި ފުވައްމުލައް ސިޓީ ކައުންސިލާއި ދެމެދު ފަހުމްނާމާއެއްގައި ސޮއިކޮށްފި

14 ސެޕްޓެމްބަރ 2020

ހުވަދުއަތޮޅު އުތުރުބުރި ކައުންސިލް އަދި ފުވައްމުލައް ސިޓީ ކައުންސިލާއި ދެމެދު ފަހުމްނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމްނާމާގެ މަޤްސަދަކީ ސިސްޓަރ އައިލެންޑް ވިސްނުމުގެ ދަށުން، މިދެއަތޮޅުގެ ދެމެދުގައި އޮތް އިޤްތިސާދީ ގުޅުން ވަރުގަދަކޮށް ޒަމާނީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ މމަސައްކަތްތައް ކުރުމެވެ. މިއެއްބަސްވުމުގެ ދަށުން ތައުލިމީ، ސިއްޙީ، އިޖްތިމާއީ، އިޤްތިސާދީ އަދި ފަތުރުވެރިކަމުގެ އެކި ވަސީލަތްތައް ދެއަތޮޅުގެ ދެމެދުގައި ހިއްސާކުރެވި، މި ދާއިރާތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރަންޖެހޭ ކަންތައް ކުރެވިގެންދާނެއެވެ.

މީގެ އިތުރުން، ފަހުމްނާމާގައި އެއްބަސްވެފައިވާ ކަންތަކުގެ ތެރެއިން ދެއަތޮޅު ދެމެދުގައި ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ޤާއިމްކުރުންވެސް ވަނީ ހިމެނިފައެވެ. އެގޮތުން ގއ. އަތޮޅާ ފުވައްމުލައް ސިޓީއާ ދެމެދު ވައިގެ ދަތުރުތައް ފެއްޓުމަށްޓަކައި މަސައްކަތްކުރުމާއި، މިހާރަށްވުރެ ރަނގަޅު ކަނޑުދަތުރުގެ ނިޒާމެއް ގާއިމުކުރުން ހިމެނެއެވެ.

ޙަބަރު

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv