ފުވައްމުލައް ސިޓީ ޓާރފް ދަނޑުގައި ޓާރފް އެޅުމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތަށް ނިމި ޓާރފް އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ.
މިމަސައްކަތް ފެއްޓުމަށްޓަކައި މިހާރު ކުރަމުން އަންނަނީ އެންމެ ފަހުގެ އިންސްޕެކްޝަނެވެ. ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި މި މަސައްކަތް ނިމި، ދަނޑުގައި ޓާރފް އެޅުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެއެވެ.
ޔޫތް މިނިސްޓްރީއިން މިމަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަނާއެވެ. ޓާރފް އެޅުމުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިމުމަށް ހަމަޖެހިފައިވަނީ އެއްމަސްދުވަހުގެ ތެރޭގައެވެ.
ޙަބަރު