ފުވައްމުލައް ސިޓީގެ ތިމާވެށި ހިމާޔަތް ކުރުމާބެހޭ ގަވާއިދު އެކުލަވާލުމަށްޓަކައި ހިޔާލު ހޯދުމުގެ ގޮތުން ރައްޔިތުންގެ ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ.
ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގެ ކުރުދުމާ މާލަމުގައި ބޭއްވުނު މިބައްދަލުވުމުގައި، މި ގަވާއިދަށް އިތުރަށް ގެންނަން ޖެހޭ އިސްލާހުތަކާ ބެހޭގޮތުން ރައްޔިތުންނާއެކު ވަނީ މަޝްވަރާކޮށްފައއެވެ.
މިގަވާއިދު އެކުލަވާލުމުގެ މައިގަނޑު ބޭނުމަކީ ފުވައްމުލައް ސިޓީގެ ގޮނޑުދަށުން ނަގގަމުން އަންނަ ވެލި، ދޮންވެލި، އަކިރި، ގާ އަދި މުރަކަ ފަދަ ތަކެތި ނެގުން ހުއްޓުވައި ޤަވާއިދާ ހިލާފަށް އެތތަކެތި ނަގަމުން އަންނަ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އެޅުމެވެ.
ޙަބަރު