ފުވައްމުލައް ސިޓީ ޓާރފް ދަނޑުގައި ޓާރފް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.
ފުވައްމުލައް ސިޓީ ހޯދަޑު ފުޓުބޯޅަ ދަނޑުގައި ޓާރފް އެޅުމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ އިންސްޕެކްޝަން ނިމި ޓާރފް އެޅުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަދުއެވެ.
ޔޫތް މިނިސްޓްރީއިން މިމަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަނާއެވެ. ޓާރފް އެޅުމުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިމުމަށް ހަމަޖެހިފައިވަނީ އެއްމަސްދުވަހުގެ ތެރޭގައެވެ.
ފުވައްމުލައް ސިޓީގައި ރަނގަޅު ފެންވަރުގެ ޓާރފް ދަނޑުތަކެއް އެޅުމަކީ ރައީސް އިބްްރާހީމް މުހައްމަދު ސާލިހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ. މީގެ އިތުރުންވެސް އިތުރު ދަނޑުތަކުގައިވެސް ޓާރފް އެޅުމަށްވަނީ ހަމަޖެހިފައެވެ.
ޙަބަރު