ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމުގެ ދަށުން ފުވައްމުލައް ސިޓީގައި އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ތެރެއިން ތިން ވަނަ ބުރުގައި ކުރި އިއުލާނަށް ޖުމްލަ 814 ފޯމު ހުށަހަޅާފައިވެއެވެ.
އެއީ ކެޓަގަރީ އޭ ގެ ދަށުން ފުވައްމުލައް ސިޓީގައި އިމާރާތްކޮށްފައިވާ، ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ހާއްސަ ކުރެވިފައިވާ 40 ފްލެޓަށް ހުށަހަޅާފައިވާ 670 ފޯމާއި، ބީ ކެޓަގަރީގެ ދަށުން ފުވައްމުލައް ސިޓީގައި އިމާރާތްކޮށްފައިވާ ފުވައްމުލައް ސިޓީއަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާ 7 ފްކެޓަށް ހުށަހަޅާފައިވާ 144 ފޯމެވެ.
މި ޕްރޮގްރާމުގެ ދަށުން މީގެ ކުރިން ދެބުރެއްގެ މަތިން އިއުލާންކޮށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވެ ފްލެޓު ލިބުނު ފަރާތްތަކާ މިހާރުވަނީ ފްލެޓު ހަވާލުކޮށްފައެވެ. އަދި ގިނަ ފަރާތްތަކަކުން މިހާރު ދިރިއުޅެމުން އަންނަނީ މި ފްލެޓުތަކުގައެވެ.
ޙަބަރު