ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ފުވައްމުލައް ސިޓީގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން "ރަށި ރިހިވޭލި އެގްޒިބިޝަން" މިމަހުގެ 12 ވަނަ ދުވަހު ފެށޭނެއެވެ.
މިހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 12 ވަނަ ދުވަހުގެ ހެނދުނު 10:00 އިން 12:00 އަށް އަދި މެންދުރުފަހު 14:00 އިން 18:00 އަށް ޏ.އަތޮޅު ތައުލީމީ މަރުކަޒު ހޯލުގައެވެ.
މިމައުރަޒުގެ ބޭނުމަކީ ފުވައްމުލައް ސިޓީގައި ތިބި ވިޔަފާރިތަކާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ މަސައްކަތް މާކެޓްކުރުމެވެ. އެގޮތުން ބޮޑެތި ވިޔަފާރިތަކާއި ކުދި ވިޔަފާރިތައއް، ތައުލީމީ، ސިއްހީ، ކުރެހުން އަދި ފަންނީ ދާއިރާއިން އެކި ފަރާތްތައް ބައިވެރިވާނެއެވެ. މީގެ އިތުރުން ޑައިވް ސްކޫލްތަކުންވެސް މައުރަޒުގައި ބައިވެރިވާނެއެވެ.
މިއަހަރުގެ ޖުމްހޫރީ ދުވަސް ފުވައްމުލައް ސިޓީގައި ކުލަގަދަކޮށް ފާހަނގަ ކުރުމަށްވަނީ ހަމަޖެހިފައެވެ.
ޙަބަރު