ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ހުވަދު އަތޮޅުން ފުވައްމުލައް ސިޓީއަށް ވަޑައިގެންނެވި ޓީމަށް ފުވައްމުލައް ސިޓީން މިއަދު މަރުހަބާ ކިޔައިފިއެވެ.
މިޓީމު ފުވައްމުލައް ސިޓީއަށް ޒިޔާރަތްކުރުމުގެ ބޭނުމަކީ ޖުމްހޫރީ ދުވަސް ފާހަނގަ ކުރުމަށްޓަކައި ފުވައްމުލައް ސިޓީއިން ކުރިއަށްގެންދާ ހަރަކާތްތަކުގައިި ބައިވެރިވުމެވެ.
މި އަހަރުގެ ޖުމްހޫރީ ދުވަސް ފުވައްމުލައް ސިޓީގައި ކުލަ ގަދަކޮށް ފާހަނގަކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފުވައްމުލައް ސިޓީގެ ވިޔަފާރިތަކާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތް މާކެޓުކުރުމުގެ ގޮތުން "ރަށި ރިހިވޭލި އެގްޒިބިޝަން" ގެ ނަމުގައި މިމަހުގެ 12 ވަނަ ދުވަހު މައުރަޒެއްވެސް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
ޙަބަރު