މިސްކިތު މުވައްޒަފުންނަށް އަމާޒުކޮށްގެން ބާއްވާ ތަމްރީނު ޕްރޮގްރާމް މިއަދު ފެށިއްޖެ.

24 ނޮވެމްބަރ 2020

ފުވައްމުލައް ސިޓީގެ މިސްކިތްތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް އަމާޒުކޮށްގެން "މުސްލިމް މުވައްޒަފު" ގެ ނަމުގައި ބާއްވާ ތަމްރީނު ޕްރޮގްރާމް މިއަދު ފެށިއްޖެއެވެ. ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ މިތަމްރީނު ޕްރޮގްރާމްގައި މިސްކިތުގެ ޤަދަރާއި ގުޅޭ ގޮތުންނާއި، މިސްކިތަށް ޚިދުމަތްކުރުމުގެ މާތްކަމާއި، މިސްކިތު މުވައްޒަފުންގެ ޒިންމާ އަދި މިސްކިތު މުވައްޒަފުންގެ އަޚްލާޤް ބަހައްޓަންވީ ގޮތުގެ މައްޗަށް މުވައްޒަފުންނަށް އިރުޝާދު ދެވޭނެއެވެ. މިތަމްރީނު ޕްރޮގްރާމުގައި އިރުޝާދު ދެއްވަނީ އައްޝައިޚް މުޙައްމަދު ސިނާންއެވެ.

މިތަމްރީނު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިސްކިތު މުވައްޒަފުން 02 ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން މިއަދުގެ ޕްރޮގްރާމް 12 މިސްކިތެއްގައި މަސައްކަތްކުރައްވާ ޖުމްލަ 36 މުވައްޒަފުން ވަނީ ފުރިހަމަކޮށްފައެވެ. އަދި ތަމްރީނުގެ 02 ވަނަ ޕްރޮގްރާމް އަންނަ ބުރާސްފަތި ދުވަހު ކުރިޔަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

ޙަބަރު

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv