ފުވައްމުލައް ސިޓީ ކައުންސިލް އިން "އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތް 2019"

27 އޯގަސްޓް 2019

ފުވައްމުލައް ސިޓީ ކައުންސިލްއިން އިންތިޒާމް ކޮށްގެން 01 ސެޕްޓެމްބަރ 2019 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތުގައި ބައިވެރިވާ ސްކޫލްތަކާއި މިއަދު ކައުންސިލުން ބައްދަލްކޮށްފިއެވެ. މި ބައްދަލްވުމުގައި ސްކޫލްތަކުން މިމުބާރާތަށް ބޭނުންވާ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުނެވެ.

މި މުބާރާތުގައި ބައިވެރިވާ ސްކޫލްތަކަކީ މުޙައްމަދު ޖަމާލުއްދީން ސްކޫލް، ހާފިޒު އަޙްމަދު ސްކޫލް އަދި ޏ. އަތޮޅު ތައުލީމީ މަރުކަޒުއެވެ. މިމުބާރާތުގައި މި 3 ސްކޫލްގެ އަންހެން އަދި ފިރިހެން ޓީމް ބައިވެރިވުމަށް ވަނީ ހަމަޖެހިފައިއެވެ. 

ޙަބަރު

ކުޅިވަރު

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv