ފުވައްމުލައް ސިޓީގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށް ޝަކުވާ ހުށަހަޅަން ހުޅުވާލާފިއެވެ.

27 އޯގަސްޓް 2019

ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން، ފުވައްމުލަކުގައި ޢިމާރާތްކޮށްފައިވާ 200 ފްލެޓްގެ ތެރެއިން، ކެޓަގަރީ A ގެ ދަށުން ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ޚާއްޞަކުރެވުނު 120 ފްލެޓަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވި ފަރާތްތަކާއި، ކެޓަގަރީ B ގެ ދަށުން ފުވައްމުލަކަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ކުރެވުނު 20 ފްލެޓަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ހަމަވެފައިވާ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތުގެ ލިސްޓް ޢާންމުކޮށް، ވަނީ އިޢުލާން ކޮށްފައިއެވެ.

އަދި މިއިއުލާނުގައި ޕޮއިންޓް ލިބިފައިވާގޮތާއި މެދު ޝަކުވާ ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކަށް 27 އޯގަސްޓް 2019 ވާ އަންގާރަ ދުވަހު 14:00 ގެކުރިން ލިޔުމުން ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާގެ ލޭންޑް އެންޑް އިންފްރާ ސްޓްރަކްޗަރ ޑިވެލޮޕްމެންޓް ސެކްޝަންއަށް ހުށަހެޅުމަށް ވަނީ އަންގަވާފައިއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ ގުޅުއްވާނީ 6860041 އަށެވެ. 

ޙަބަރު

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv