ފުވައްމުލައް ސިޓީ އަށް ވިއްސާރަ ކުރުން

27 އޯގަސްޓް 2019

ފުވައްމުލައް ސިޓީ އަށް 11 އޯގަސްޓް 2019 ވަނަ ދުވަހު ފަތިހުން ފެށިގެން 55 މޭލު ބާރުމިނުގައި ވައިގަދަވެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބައެއް ގޭގެއަށާއި ދަނޑުބިން ތަކަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ބައެއް ގޭގޭގައި ދިރި ނޫޅެވޭ ވަރަށް ވަނީ ހަލާކުވެފައެވެ. ގޭތެރޭގައި ބޭނުންކުރާ ހިފާގެންގުޅޭ ސާމާނުތަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. މީގެ އިތުރުން ގޭގެގެ އަބުގަހާއި، ފައްކެޔޮގަހާއި، ފަޅޯގަހާއި، ކެޔޮގަސްތަށް ބިންދައިގެންގޮސް ވެއްޓިފައިވެއެވެ.

މިވިއްސާރާއިގެ ސަބަބުން ލިބުނު ގެއްލުންތަކަށް ފުވައްމުލައް ސިޓީ ކައުންސިލްއިން އެޅި ފިޔަވަޅުތައް ތިރީގައި މިވަނީއެވެ.

- ފުވައްމުލަކަށް ކުރި ވިއްސާރައާއި ގުޅިގެން 4 ގެއެއްގެ ޓިނު ބަދަލުކޮށް އަލުން ޓިނު ޖަހައިދިނެވެ.

- ހާލުގައި ޖެހުނު ފަރާތްތަކަށް ކައުންސިލްގެ ފަރާތުން 3 ގޮދަޑި ހޯދައިދެވުނެވެ. 

ޙަބަރު

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv