އައްޑޫ ސިޓީގައި ބޭއްވި މަސައްކަތު ބައްދަލުވުމެއްގައި ފުވައްމުލައް ސިޓީ ކައުންސިލްގެ މުވައްޒަފުން ބައިވެރިވެއްޖެ

21 ނޮވެމްބަރ 2019


ލަމަރުކަޒީ ނިޒާމާ ބެހޭގޮތުން އައްޑޫ ސިޓީގެ އީކުއޭޓާރ ވިލެޖުގައި އިއްޔެ ބޭއްވުނު މަސައްކަތު ބައްދަލުވުމުގައި ފުވައްމުލައް ސިޓީގެ މުވައްޒަފުން ބައިވެރިވެއްޖެއެވެ.

އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓްގެ ފަރާތުން އެއް ދުވަހުގެ މުއްދަތަށް ހިންގި މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ، ލާމަރުކަޒީ ނިޒާމާ ބެހޭގޮތުން ސިވިލް ސާވަންޓުން އަހުލުވެރިކޮށް، އާއްމު ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރާނެ ތަފާތުގޮތްތައް ދަސްކޮށްދިނުމެވެ. މީގެ އިތުރުން ލޯކަލް މީޑިއާ އާއިއެކު މަސައްކަތް ކުރާނެ ގޮތްތަކާއި، އިކޮނޮމިކް ޑިވެލޮޕްމެންޓާ ބެހޭގޮތުންވެސް މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނަށް މައުލޫމާތު ދީފައިވެއެވެ.

ލާމަރުކަޒީ ނިޒާމާ ބެހޭގޮތުން މިއަހަރުގެ އޯގަސްޓް މަހު އައްޑޫ ސިޓީގައި ބޭއްވުނު މަސައްކަތު ބައްދަލުވުމެއްގައިވެސް ފުވައްމުލައް ސިޓީ ކައުންސިލްގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.    

ޙަބަރު

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv