ފުވައްމުލައް ސިޓީގެ އިސްވެރިންނާ ޖެންޑާރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓާރ ބައްދަލު ކުރައްވައިފި

22 ނޮވެމްބަރ 2019

މިއަދު ހަވީރު ފުވައްމުލައް ސިޓީގެ އިސްވެރިންނާ ޖެންޑާރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓާރ ޒިފްލީން ހަސަން ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ، ކޮމިއުނިޓީ ސޯޝަލް ގުރޫޕުތައް ހިންގާ ކުރިއަށް ގެންދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށް، ސިޓީ ހިންގުމާ ހަވާލުވެގެން ތިއްބެވި ބޭފުޅުންގެ ހިޔާލުހޯދުމެވެ. މި ބައްދަލުވުމުގައި ފުވައްމުލައް ސިޓީގެ މޭޔާރ އަބްދުﷲ ފަލާޙް ޝަރީފް އަދި ޑެޕިއުޓީ މޭޔާރ މުހައްމަދު ޟިރާރު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން، ފުވައްމުލަކު ހޮސްޕިޓަލް، ޕޮލިސް، ހާފިޒް އަހްމަދު ސްކޫލް، މުހައްމަދު ޖަމާލުއްދީން ސްކޫލް، ޏ. އަތޮޅު ތައުލީމީ މަރުކަޒު، އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިސްބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.

ފުވައްމުލަކު ކޮމިއުނިޓީ ސޯޝަލް ގުރޫޕުގެ މައިގަނޑު މަޤްސަދަކީ، ފުވައްމުލަކުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން، އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދޭނެ ފަރާތެއް ނެތި ބާކީ ވެފައިވާ ފަރާތްތަކަށް ބޭނުންވާ އެހީ ފޯރުވައިދިނުމާއި، ކުށުގެ ވެށްޓަށް ހުށަހެޅޭ ޒުވާނުން އެކަމުން ދުރުކުރުވާ ކުށް މަދުކުރުމަށް މަސައްކަތްކޮށް، ރަށުގެ ތިމާވެށި ރައްކާތެރި ކުރުމަށް ކުރަންޖެހޭ މަސައްކަތްތައްތަކާއި، ރަށުގެ ސާފުތާހިރުކަމާއި، އާންމު އިޖްތިމާޢީ ޙާލަތު ރަގަޅު ކުރުމަށް ހިލޭ ސާބަހަށް މަސައްކަތް ކުރުމެވެ. 

ޙަބަރު

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv