އަލްފާޟިލު އަޙުމަދު ޢަބްދުﷲ ދީދީ (ފެންސިރު އަޙަމަދުދީދީ) އަތޮޅުވެރިކަން ކުރެއްވި ދުވަސްވަރު، ކުރިން ރަށުގައި ހިންގަމުން އައި މަދަރުސަތުލްހިދާޔާ އަދި މަދަރުސަތުލްހަނިއްޔާ އުވާލުމަށްފަހު، އައު މަދަރުސާއެއް އުފެއްދެވިއެވެ. މި މަދަރުސާއަކީ މަދަރުސަތުލްއިނާޔާއެވެ. މިތަން ހުޅުވުނީ 1955 ވަނަ އަހަރުގެ މެއި މަހުގެ 24 ވަނަ ދުވަހުއެވެ. މި މަދަރުސާ ޢިމާރާތްކުރެވުނީ މިހާރުގެ އަތޮޅު ކައުންސިލް އިދާރާ ހުރި ބިމުގައި ރުއްމުޑި ޖަހައި، ފަނުން ހިޔާކޮށްގެންނެވެ.
އެދުވަސްވަރު އަތޮޅުގޭގެ ވަށާފާރު ތިރިވެފައި އޮތުމާ ގުޅިގެން، ފާރު އުސްކުރުމަށްޓަކައި ފާރުމަތީގައި ފުޅަށް އަޅައި ފަން ޖެހުމުގެ މަސައްކަތް ވެސް ކުރެވުނެވެ.
އަލްފާޟިލު އަޙުމަދު ޢަބްދުﷲ ދީދީ (ފެންސިރު އަޙަމަދުދީދީ) ފުވައްމުލަކު އަތޮޅުގެ އަތޮޅުވެރިއެއްގެ މަޤާމުގައި ޚިދުމަތް ކުރެއްވީ ޖުމްލަ 2 އަހަރާއި 2 މަހާއި 2 ދުވަހުގެ މުއްދަތަށެވެ.
ހިދުމަތް ކުރި ތާރީޚް
2 ޑިސެމްބަރ 1954 - 26 ޖޫން 1957