ހ. ޝަފީގުގެ، މާލެ
22 ފެބްރުއަރީ 1975 - 12 ސެޕްޓެމްބަރ 1976
އަލްފާޟިލް އަޙްމަދު ޝަފީޤް އަތޮޅުވެރިކަމުގެ މަގާމާ ހަވާލުވެވަޑައިގަތީ 18 މާރިޗު 1975 ގައެވެ،
އަޙްމަދު ޝަފީޤުގެ ދައުރުގައި ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ އަތޮޅުގެ މާލީ ޙާލަތު އިންތިހާއަށް ދަށްވުމެވެ. 14 މޭ 1975 ގައި އަތޮޅު ކޮމިޓީ އުވައިލުމާ ގުޅިގެން، މުވައްޒަފުންނަށް މުސާރަ ދިނުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވިއެވެ މި މައްސަލަ ޙައްލުކުރުމަށްޓަކައި އިދާރީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހުނުއެވެ. އެގޮތުން 18 ޖޫން 1975 ގައި އަވަށްތަކުގެ ސަރުދާރުން މަގާމުން ވަކިކުރައްވައި، އެ ބޭފުޅުން ކުރައްވަމުން ގެންދެވި މަސައްކަތްތައް ރަށު އޮފީހުގެ ޕިޔޯނާ ހަވާލުކުރެވުނެވެ.
އިިޤްތިޞާދީ ގޮތުން ރަށް ކުރިއެރުވުމަށް އެޅުއްވި ބައެއް ފިޔަވަޅުތަކުގެ ތެރެއިން މިސްކިތްތަކުގެ މުދިމުންނަށް އުޖޫރައިގެ ގޮތުގައި ކުރިން ދެމުންދިޔަ 25 ރުއް ވަރުވާއިން އުނިކުރައްވައި، އޭގެ ބަދަލުގައި މަހަކު 100 ކާށި ދޭން ހަމަޖެއްސެވިއެވެ. ނަމަވެސް ކާށި ލިބުން ދަތިވުމުގެ ސަބަބުން މިސްކިތްތަކުގައި ބަންގިގޮވުމާއި ބައްތި ދިއްލުން ހުއްޓޭ ހިސާބަށް ދިޔައެވެ. މިކަމުގެ ސަބަބުން ބައެއް މުދިމުން މަސައްކަތް ދޫކޮށްލަން ޖެހުނު އިރު، މި މައްސަލަ ޙައްލުކުރުމަށް ރަށުގެ ވެރިންގެ ތެރެއިން ބޭފުޅުން ފޮނުއްވައިގެން ނަމާދު ގާއިމުކުރުމުގެ މަސައްކަތް ކުރަން ޖެހުނެވެ.
މިސްކިތްތަކުގެ މައްސަލަ ޙައްލުކުރުމަށްޓަކައި ރަށުގެ ވެރިންގެ ތެރެއިން ބޭފުޅުން ފޮނުއްވައިގެން ނަމާދު ގާއިމުކުރުމުގެ މަސައްކަތް ކުރެވުނެވެ. ފުރަތަމަ ބައްތި ދިއްލުމަށް ފައިސާ ދިން ނަމަވެސް، އެކަން ކާމިޔާބު ނުވުމުން ކޮންމެ މިސްކިތަކަށް މަހަކު ތިން ފުޅި ކަރާސީނު ތެޔޮ ދޭން ފެށުނެވެ. މި މައްސަލައަށް ދާއިމީ ޙައްލެއް ލިބުނީ މުދިމުންނަށް މަހަކު 15 ރުފިޔާގެ މުސާރައެއް ދޭން ފެށުމުންނެވެ.
އަޙްމަދު ޝަފީޤުގެ ވެރިކަމަކީ ގިނަ ރައްޔިތުންގެ ހިތްހަމަނުޖެހުންތަކެއް އަމާޒުވި ދުވަސްވަރެވެ. ރަށުގައި ހިނގި ބައެއް ހާދިސާތަކާ ގުޅިގެން ދޫޑިގަމު އަވަށުގެ ބަޔަކަށް އަދަބު ލިބި ޖަލަށް ދާންޖެހުމަކީ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އިތުރުވި ކަމެކެވެ މިފަދަ އެކި ސަބަބުތަކާހުރެ، ޝަފީޤު މާލެ ވަޑައިގަތުމަށް ސަރުކާރުން އެންގެވިއެވެ. އަޙްމަދު ޝަފީޤު ރަސްމީކޮށް މަގާމުން ވަކިކުރެވުނީ 12 ސެޕްޓެމްބަރު 1976 ގައެވެ.