1618

ކައުންސިލަރ

17 މެއި 2021 - 16 މެއި 2026

ތައާރަފް

ކައުންސިލަރ އާމިނަތު ޢިނާޔާ އަކީ  ލޯކަލް ކައުންސިލްގެ 4 ވަނަ ދައުރުގެ ފުވައްމުލައް ސިޓީގެ ހުޅަނގު ދެކުނު ދާއިރާގެ ކައުންސިލަރެވެ.  ޢިނާޔާ ކައުންސިލަރުގެ މަޤާމަށް އިންތިޚާބުކުރެވުނީ، 10 އެޕްރީލް 2021 ގައި ބޭއްވުނު ލޯކަލް ކައުންސިލްގެ  4 ވަނަ އިންތިޚާބުގައެވެ.  

ޏ.އަތޮޅު ތަޢުލީމީ މަރުކަޒުން ސާނަވީ ނިންމެވުމަށްފަހު ޢިނާޔާ ފަސް އަހަރު އޭވިއޭޝަންސް ދާއިރާގައި އުޅުއްވިއެވެ. އެއަށްފަހު، ޓީޗިންގ ދާއިރާއާ ގުޅިވަޑައިގެން 02 އަހަރު ޓީޗިންގ ދާއިރާގައި ޚިދުމަތް ކުރެއްވިއެވެ. ކައުންސިލަރ އާމިނަތު ޢިނާޔާ ވަނީ ޓޫރިޒަމް އަދި ތަޢުލީމީ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލު ކުރައްވާފައެވެ.  

ޢިނާޔާ އަކީ އިޖުތިމާޢީ ކުޅިވަރު ޙަރަކާތްތަކަށް ލޯބިކުރައްވާ އަދި މިރޮނގުން އިސްކޮށް ޙަރަކާތްތެރިވާ ޒުވާނެކެވެ.    

އިންތިޚާބީ ދާއިރާ

ފުވައްމުލައް ހުޅަނގު ދެކުނު ދާއިރާ

ސިޔާސީ ޕާޓީ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ