1618

ތައާރަފް

ކައުންސިލަރ ޝީޒާ އިބްރާހީމަކީ ލޯކަލް ކައުންސިލް އިންތިޚާބުގެ 5 ވަނަ ދައުރުގައި ފުވައްމުލައް ސިޓީގެ ދަޑިމަގު ދާއިރާ ތަމްސީލުކުރައްވާ މެންބަރެވެ.

ޝީޒާގެ ތަޢުލީމީ ދާއިރާއަށް ބަލާއިރު، އެކަމަނާ ވަނީ ހެލްތްސަރވިސް މެނޭޖްމެންޓް އިން ބެޗްލަރސް ޑިގްރީ އަދި ޕްރައިމަރީ ހެލްތްކެއަރ މެނޭޖްމެންޓް އިން މާސްޓރަސް ޑިގްރީ ހާސިލްކުރައްވާފައެވެ. މީގެ އިތުރުން، މިހާރު ގެންދަވަނީ މެޑިކަލް ސައިންސްގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ (PhD) ފުރިހަމަކުރައްވަމުންނެވެ.

މަސައްކަތުގެ ތަޖުރިބާއަށް ބަލާއިރު، ޝީޒާ ވަނީ ސިއްޚީ އަދި އިދާރީ ހިންގުމުގެ ދާއިރާގައި ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް މަޤާމުތަކުގެ ތެރޭގައި މުޙައްމަދު ޖަމާލުއްދީން ސްކޫލްގެ އެސިސްޓެންޓް ޓީޗަރުކަން، ފުވައްމުލަކު ހޮސްޕިޓަލުގެ ކޮމިއުނިޓީ ހެލްތް ވާރކަރުކަމާއި ހެލްތު ސްޕަވައިޒަރުކަން، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޑެޕިއުޓީ މެނޭޖަރުކަން، އަޕަރ ނޯތް ހެލްތު ސަރވިސް ކޯޕަރޭޝަނުގެ އޮޕަރޭޝަނަލް ހެޑްކަން، ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ އެސޯސިއޭޓް ލެކްޗަރަރ އޮފް ޕަބްލިކް ހެލްތު، މިނިސްޓްރީ އޮފް ހެލްތުގެ ސާކް އެމް.ސީ.އެޗް (މަދަރ އެންޑް ޗައިލްޑް ހެލްތު ކެއަރ) ޕްރޮޖެކްޓްގެ ކޯޑިނޭޓަރުކަމާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ފާރޫޤު ހެލްތުކެއަރ، މާލޭ ފެމެލީ ކެއަރ އަދި ހިޔާ މެޑިކަލް ސެންޓަރުގެ މެނޭޖަރުކަން ހިމެނެއެވެ.

ޝީޒާ މިވަގުތު އަދާކުރައްވަމުން ގެންދަވާ ވަޒީފާތަކުގެ ތެރޭގައި ލައިފް ވެލްނެސް ކްލިނިކްގެ އޮޕަރޭޝަނަލް މެނޭޖަރުގެ މަޤާމާއި، އެ ކްލިނިކްގެ ކޮންސަލްޓަންޓެއްގެ މަޤާމު ހިމެނެއެވެ.

އިންތިޚާބީ ދާއިރާ

ދަޑިމަގު ދާއިރާ

ހުވާކުރި ތާރީޚް

17 މެއި 2026

ސިޔާސީ ޕާޓީ

އަމިއްލަ