ފުވައްމުލަކު ސިޓީގެ މިސްކިތްތަކަށް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ސޯލާ ޕެނަލް ސަޕްލައިކޮށް ހަރުކޮށްދިނުމުގެ މަސައްކަތު

ފުވައްމުލަކު ސިޓީގެ މިސްކިތްތަކަށް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ސޯލާ ޕެނަލް ސަޕްލައިކޮށް ހަރުކޮށްދިނުމުގެ މަސައްކަތު
28 އޮކްޓޯބަރ 2024

ޕްރޮޖެކްޓްގެ އަގު(ރުފިޔާ)

2,795,743.88

މަސައްކަތާއި ޙަވާލުވެފައިވާ ފަރާތް

އަވި ޓެކްނޮލޮޖީސް ޕވޓ ލޓޑ

ފުވައްމުލަކު ސިޓީގެ މިސްކިތްތައް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ސޯލާ ޕެނަލް ސަޕްލައިކޮށް ހަރުކޮށްދިނުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ވަނީ އަވި ޓެކްނޮލޮޖީސް ޕވޓ ލޓޑ އާއިއެކު ސޮއިކުރެވިފައި. މި މަސައްކަތަކީ ކައުންސިލްގެ ބަޖެޓުން ހަރަދު ކުރާ ގޮތަށް 2,795,743.88 (ދެ މިލިއަން ހަތްސަތޭކަ ނުވަދިހަ ފަސް ހާސް ހަތް ސަތޭކަ ސާޅީސް ތިން ރުފިޔާ އަށްޑިހަ އަށް ލާރި) އަށް، އަދި މިމަސައްކަތް ނިންމުމަށް ހަވާލުކުރެވިފައިވަނީ މިސްކިތްތަކުގައި ސޯލާ ޕެނަލް ހަރުކުރަން ހަވާލުކުާރާ ދުވަހުން ފެށިގެން 18 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.

ސޯލް ޕެނަލް ހަރުކުރާ މިސްކިތްތައް:

1- މަސްޖިދުލް އުއްމުލްޤުރާ

2- މަސްޖިދު ޢާއިޝާ

3- މަސްޖިދުލް ހިދާޔާ

4-މަސްޖިދުއްނޫރު

5- މަސްޖިދުއްސަލާމް

6-މަސްޖިދުލް ޙަޟާރާ

7- މަސްޖިދުއްތައުބާ

8- މަސްޖިދުލް އައްވާބު

9-މަސްޖިދުލް އިޙްސާން

10- މަސްޖިދުއްޞަފުވާ

ފޮޓޯ ގެލަރީ