ދަނޑިމަގު ފުޓުބޯޅަ ދަނޑު ތަރައްޤީ ކުރުން
28 އޮގަސްޓް 2023

މަސައްަކަތް ފެށި ތާރީޚް

28 ޖުލައި 2023

ޏ. ފުވައްމުލަށް ދަނޑިމަގު ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ތެރެއިން ސަބްބޭސް މަސައްކަތްތައް 28 ޖުލައި 2023 ވަނަ ދުވަހު ފެށިއްޖެ.

މި މަޝްރޫޢުގެ ދަށުން، 5,263.65 އަކަ މީޓަރުގެ ސަރަޙައްދެއް އެކްސްކަވޭޓް ކުރުމާއި، 4,511.70 އަކަ މީޓަރުގެ ސަރަޙައްދެއްގެ ބެކްފިލިންގ މަސައްކަތް ކުރުމާއި، 15,039 އަކަ މީޓަރުގެ ސަބްބޭސް މަސައްކަތާއި ކޮމްޕެކްޝަން މަސައްކަތާއި، 460.29 އަކަ މީޓަރުގެ ޕޭވްމަންޓް ހަރުކުރުމާއި، ކަރބް ސްޓޯން ހަރުކުރުމާއި، ކާނު މަތިގަނޑާއި، ފެންހިންދާ ވަޅުގަނޑާއި، ގްރޭވަލް ޕިޓްސް ހަރުކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީ ގެ ފަރާތުން ދަނީ ކުރަމުން.



ފޮޓޯ ގެލަރީ